ބްރިޖް ހައިވޭގައި ބާރު ސްޕީޓްގައި ދުއްވާފައިދިޔަ ވެހިކަލެއް ކޮންޓްރޯލް ނުވެގޮސް ފުރޮޅާލައިފި އެވެ.
ފުލުހުން ބުނީ އެ ވެހިކަލް ފޮރޮޅާލާފައިވަނި ހައިވޭއިން އެއާޕީޓަށް ދަތުރުކުރަނިކޮށް ހައިވޭގެ އެއްފަރާތުގައި ހުންނަ ފެންސުގައި ޖެހި އެކްސިޑެންޓުވެގެން ކަމަށާއި، އެ ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތެރި ވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ އެކްސިޑެންޓް ހިނގިއިރު ވެހިކަލްގައި 2 މީހުން ތިބި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އެ މީހުންނަށާއި އދި އިރު އެހެން ވެހިކަލަކަށް ނުވަތަ މީހަކަށްވެސް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.