ދ ކުޑަހުވަދު އާއި ތ ވޭމަންޑޫގައި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

ދ. ކުޑަހުވަދު އާއި ތ. ވޭމަންޑޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ރޭ އޮތް ރަސްިއްޔާތެއްގައި އިސްލާމް ދީން ކުރިއެރުވުމުގެ ދާއިރާއިން 14 ރަށެއްގައި މަޝްރޫއުތައް ހިންގަން އެކި ކުންފުނިތަކާ ވަނީ ހަވާލުކޮފައެވެ.

އެގޮތުން ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާނުގައި ތެރެއިން ދ. ކުޑަހުވަދު އާއި ތ. ވޭމަންޑޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރީއުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސްރޫއު ތަކެއް ކަމަށާއި، މިހާރު ވެސް 90 އަށް ވުރެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި ވަގްފު އިމާރާތްތަކާއި އިސްލާމީ މަރުކަޒުތަކާއި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައްވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *