ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އަންނަމަހުން ފެށިގެން ސީދާ ދަތުރުތައް ފެށުމަށް އެމްޔޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއަރޮނޮޓިކަލް އޮތޯރިޓީތަކުން ރާއްޖެއާ އޮސްޓްރޭލިއާ އާއި ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް" އެއް ގާއިމުކުރުމަށް އެމްޔޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އިތުރަށް މިނިސްޓަރ އަމީން ވިދަޅުވެފައިވަނީ އެހެންކަމުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ބޭއްވުމުގައި މިއަދުން ފެށިގެން، އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމުގެ ސަބަބުން ސަބަބުން ދަތުރުފަތުރާއި ވިޔަފާރިގެ ދާއިރާއިން އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވިއަނުންވަނީ އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާނުކޮސްފައެވެ.