ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓް އިމާރާތްކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް އެޗްޑީސީ އާއި ހަވާލުކޮސްފައިވަނީ 480 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.