މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޙަރަދު 10.2 އިންސައްތަ ދަށްވެފައި ވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރަމުންދާ ވީކްލީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހާމކޮށްފައިވާ ތަފާސްހިސާބުތަކުނ ދައްކާގޮތުން މިއަހަރުގެ މާރިޗް މަހުގެ 19 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 9.3 ބިލިއަން ރުފިޔާ ލިބިފަ ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ލިބުނުު އާމްދަނީ ވަނީ 4.4 އިންސައްތަ އިތުރުވެފައެވެ.
މީގެ އިތުރުން މިއަހަރުގެ މާރިޗް 19 ވަނަ ދުވަހުގެ ނިޔަލަށް 7.2 ބިލިއަން ރުފިޔާ ދައުލަތުން ޙަރަދުކޮސްފައިވާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި 8.1 ބިލިއަން ރުފިޔާ ހަޙަރަދުކޮސްފައި ވެއެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ މި އަހަރު ހިނގި ހަރަދު 10.2 އިންސައްތަ ވަނީ ދަށްވެފައިކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން 2.1 ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓު އަރަނިވެފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ވަނީ ދައްކާފައެވެ.