ހއ. މާރަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ.
އެރަށު ސިއްހީ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އއެވެ. މި ރަސމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު އާއި އެރަށު ސިއްހީ މަރުކަޒުގެ ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.
މި ސަރުކާރުން ގެންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޙިދުމަތް ގާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މާރަންދޫގައި މި ޙިދުމަތް ގާއިމްކުރުމާއެކު މިހާތަނަށް މި ސަރުކާރުން ވަނީ 14 ރށެއްގައި މި ޙިދުމަތް ގާއިމްކޮށް ޙިދުމަތްދޭން ފަށާފައެވެ.
އަދި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް މިއަހަރުގެ ތެރޭގައި ޤާއިމްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.