ހއ. އުތީމު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި އެވެ.
އެރަށު ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުތީމު ސިއްހީ މަރުކަޒުގެ ލެޓޯޓްރީގެ ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މި ސަރުކާރުން ގެންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޙިދުމަތް ގާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އުތީމުގައި މި ޙިދުމަތް ގާއިމްކުރުމާއެކު މިހާތަނަށް މި ސަރުކާރުން ވަނީ 15 ރަށެއްގައި މި ޙިދުމަތް ގާއިމްކޮށް ޙިދުމަތްދޭން ވަނީ ފަށާފައެވެ.
އަދި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް މިއަހަރުގެ ތެރޭގައި ޤާއިމްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަދު ވަނީ އެ އަތޮޅު މާރަންދޫގައިވެސް ލެބޯޓްރީގެ ޙިދުމަތް ފަށާފައެވެ.