ބޭންކް އޮފްމޯލްޑިވްސް އިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމައިފި

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ބޭންކް އޮފް މޯޑްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާއިން ފާސް ކޮށްފި އެވެ.

ރޭ ބޭއްވި އެ ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ ހިއްސާއަކަށް 60 ރުފިޔާގެ މަގުން ޖުމްލަ 322,915,200  ރުފިޔާ ބެހުމަށާއި، އަދި އެ ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި މިހާރު ތިބި މީހުންނަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު 2 ހިއްސާވެސް ދިނުމަށް ފާސްކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހެޅި މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ.

ބީއެމްއެލްގައި މިވަގުތު 6،148 ހިއްސާދާރުން އެބަތިއްބެވެ. އޭގެ ތެރޭގައި 5،999 އާންމު ހިއްސާދާރުންނާއި 152 ކައުންސިލް އިދާރާ ހިމެނެ އެވެ. އެ ބޭންކްގެ 51 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގަ އެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ ހަތް ޕަސެންޓް ހިއްސާ އޮތްއިރު އެމްޓީސީސީގެ 4 ޕަސެންޓް ހިއްސާ ވެސް އެ ކުންފުނީގައި އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *