ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ ޑައިލިސިސް ސެންޓަރު ހުޅުވައިފި އެވެ.
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޠާތެއްގައި އެތަން ހުޅުވައިދެއްވީ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އެ މިނިސްޓްރީގެ އިސް ވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ ކުރިން ކުޅުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި ޑައެލިސިސް ހަދާ ސެންޓަރަކީ 2023 ވަނަ އަހަރު އެ ހޮސްޕިޓަލުގައި ހުޅުވާފައިވާ ސެންޓަރެކެވެ. އެ ސެންޓަރުގައި ޙިދުމަތް ދިނުމަށް 4 އެނދު ހުންނައިރު އަލަށް ހުޅުވި މި ސެންޓަރުގައި ޑައެލިސިސް ހިދުމަތް ދިނުމަށް 9 އެނދު ހާއްސަ ކުރެވިފައިވެއެވެ. އަދި މި ޑައިލިސިސް ސެންޓަރުގެ ޚިދުމަތާއެކު ޚާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށް ދެވޭނެ އެވެ.