ސްޕިއާ ފިޝިންއަށް އަންނަ މަސްތެރޭގައި ހުއްދަ ދޭން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތޯރިގް ވިދާޅުވީ މީގެ 40 ވަރަކަށް އަހަރުކުރިން ފެށިގެން ރާއްޖޭގައި ސްޕިއާ ފިޝިންގ މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެކަން ހުއްދަކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި، އެކަން އެގޮތަށް ނިންމާފައިވަނީ ރައީސް ޑރ މުއިއްޒު ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވީ ސްޕިއާ ފިޝިންއަށް ހުއްދަދިނުމަށްޓަކައި އެކަމަށް ބޭނުންވާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންގައި 40 މީޓަރަށް ޑައިވްކުރުމަށް ހުއްދަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގައި ޓެކްނިކަލް ރެކްރިއޭޝަން ޑައިވް ހުއްދަ ކޮށްފައި އޮންނަނީ 30 މީޓަރަށެވެ.