ކުޅުދުއްފުށި ސީޓީގައި ތަރައްގީކުރާ 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، ރައީސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވި 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި އެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އެޗްޑީސީއާ ހަވާލުކޮށްގެން، އެ ސިޓީގައި ތަރައްގީކުރާ 2،000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އާއި، ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް އަދި އެޗްޑީސީގެ މެނޭގިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓެޔަރޑު) އަލީ ޒުހައިރު އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދުދާ ވޫދު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ އެވެ.

އެޗްޑީސީން ބުނީ ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރާ 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 3 ކޮޓަރީގެ 1856 ފްލެޓު ތަރައްގީކުރުމުގެ އިތުރުން، އެ ސިޓީން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްގީކޮށްދިނުން ވެސް ހިމެނޭ ކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *