ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި އެވެ.
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް (އެވްސެކް) އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ
އެވްސެކް ޓްރޭނީންގެ މަގާމަށް 10 މީހަކު ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ މަގާމަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އެވެކްސް އިން ވަނީ ހުޅުވާލާފައެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާ އެކު، ދިވެހި މާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓު 3 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ.
މީގެ އިތުރުން ޢުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މިމަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 7،670ރ. އެވެ. އެލަވަންސްގެ ގޮތުގައި މަހަކު 2،300ރ. އާއި ހާޒިރީ ޢިނާޔަތަށް ޒިރުވާ ކޮންމެ ދުވަހަކަށް 160ރ. ލިބޭނެ އެވެ.