މާމިމިގިލިން ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީ ބަލިވެއްޖެ

އދ. މާމިގިލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް ޖުމްހޫީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށް މާމިގިލިން އެ މަނިކުފާނުގެ މައްޗަށް ސިޔާސީ ޕާޓީތަކުން ވަނީ ކުރި ހޯދާފައެވެ. މީގެ ކުރިން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އަގުލަބިއްޔަތު ދަމަހައްޓަމަުން އައިސްފައިވަނީ ގާސިމް އިބްރާހިމް ލިޑަރު ކަންކުރައްވާ ޖުމްހޫރީ ޕާޓީ އިންނެވެ.

ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މާމިގިލީ ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބުނީ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެމްބަރުކަމުގެ 1 ގޮނޑި އެވެ. ކައުންސިލްގެ ބާކީ 3 ގޮނޑީގެ ތެރެއިން 2 ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު 1 ގޮނޑި އިދިކޮޅު އެމްޑީޕީއަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން އަންހެންގެ ކޮމެޓީގެ 5 ގޮނޑީގެ ތެރެއިން ކޮމެޓީގެ ރައީސް ހިމެނޭ ގޮތަށް 3 ގޮނޑި ވެރިކަންކުރާ ޕީއެންސީން ވަނީ ކާމިޔާބު ކޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *