ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މާލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި މަހު 1 ވަނ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2174 ގްރާމް ނުވަތަ 2.1 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.
އަދި އަތުލައިގަނެފައިވަނީ މަސްތުވާ ތަކެތީގެ ބާވަތެއް ހަޝިޝް އޮއިލް ކަމަށާއި، އެ ކެތީގެ މަގުމަތީގެ އަގު 1.7 މިލިޔަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.