ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ 05 އޭޕްރީލް 2026 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1940 ވޭޕް ކާރޓްރިޖް އަތުލައިގެންފައިވާ ކަމަށާއި އަދިު އެ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
05 އޭޕްރީލް 2026 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1940 ވޭޕް ކާރޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި. މިމައްސަލަ މިހާރު ކަސްޓަމްސްއިން ދަނީ ތަޙްޤީޤްކުރަމުން. pic.twitter.com/DQNXhSzO0i
— Maldives Customs Service (@CustomsMv) April 6, 2026
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާކުރުމުގެ އިތުރުން ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.