ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިފުޅު ާޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި މެންބަރު އަސްމާގެ ކޮށްކޮ ޖެނީވާގެ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
މި ދެ ބޭފުޅުން މަގާމުތަކުން ވަކިކޮސްފައި މިވަނީ ރައީސް ޑރ މުއިއްޒު އަށް ވޯޓު ނުދެއްވުމަށް ވިދާޅުވެ މީހެއްގާތު ވާހަކަ ދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ދަނޑިވަޅއެއްގައެވެ.
ލީކުވެފައިވާ ފޯނު ކޯލުގެ އޯޑިއޯގައި މެންބަރު އަސްމާ ވިދާޅުވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.
ސަރުކާރުގެ ވަރަށް ގިނަ އިސް މަގާމުތަކަކަށް މިއަދު ސރުކަރުން ގެންދަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރާއި އެޗްޑީސީގެ ޑީއެމްޑީ އާއި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރު ވަނީ މަގާމުން ވަކި ކުރައްވާފައެވެ.