ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު އިންޑިއާގެ 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމަހަުގެ 1 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޮޓުން ވައިގެ މަގުން 2 ކި ލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަންއުޅުނު އިންޑިއާއަށް ނިސްބަތްވާ ޖެނިފަރ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.