ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ވިލިމާލެ ފަޅުރޭގައި ފީނަން އުޅުނު ނޭޕާލަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނަކު ގެއްލިގެން މިއަދުގެ ހެނދުނު 06:30 އެހައިކަންހާއިރު ރިޕޯޓް ކުރުމާ ގުޅިގެން، ވިލިމާލެ ޕޮލިހާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން މިއަދުގެ ހެނދުނު 06:55 އެހައިކަންހާއިރު އޭނާ މޫދު އަޑީގައި އޮއްވައި ފެނިފައިވާ ކަމަށެވެ.
އަދި އެ މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮސް މަރުވެފައިވާ ކަމަށްވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.