އެމްޑީޕީއަށް ވޯޓް ދިން ޕީއެންސީގެ މެންމަބރުން 2028 އަންނައިރު އެކަމާ ހިތާމަ ކުރާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވެއްޖެ

އެމްޑީޕީއަށް ވޯޓް ދިން ޕީއެންސީގެ މެންމަބރުން 2028 އަންނައިރު އެކަމާ ހިތާމަ ކުރާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ގުޅޭގޮތުން އެމްއެމް ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ ނިމިދިޔަ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ވޯޓުދެއްވި ޕީއެންސީގެ މެންބަރުން 2028 ވަނަ އަހަރު އަންނައިރު އެކަމާ ހިތާމަކުރާނެ ކަމަށެވެ.

އެމްޑީޕީއަށް މި ވޯޓު ދެއްވި މެމްބަރުން ރިގްރެޓް ކުރާނެ އެމްޑީޕީއަށް ވޯޓުދެވުނީތީ. ހަމަ ރިގްރެޓް ކުރާނެ. އެކަމަކު އަޅުގަނޑުމެން ސާބިތުކޮށްދޭނަން ރައްޔިތުން އެެދިވަޑައިގަންނަވާ ބަދަލުތައް ގެނެސްގެން ރައްޔިތުން އެދޭގޮތަށް، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށްގެންކަން 2028 އާއި ހަމައަށް އައިސް މިތިބީ،" މެންބަރު ޝުޖާއު ވިދާޅުވި އެވެ.

އަދި ރައްޔިތުން ނިންމި ނިންމުން ހެޔޮހިތުން އިހުތިރާމްކުރާ ކަމަށާއި ޕީއެންސީ އޮތީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރުމުގެ ވިސްނުމުގައި ކަމަށްވެސް މެންބަރު ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ހެޔޮގޮތާ އިދިކޮޅު ނަގާ ބައެއް ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުން ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް އެކަމާ ވެސް އެ ޕާޓީގެ މެމްބަރުން ދެކޮޅު ހަދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *