ފީއަލީ ފަޅުގައި އޮތް ތެޔޮ ބޯޓަކާއި 4 އުޅަނދަކާއި އައިސްޕްލާންޓުގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ ފ ފީއަލީ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދުގެ ހެނދުނު 09:15 ހާއިރު ލިބިފައިވާ ކަމަށެވެ.
އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ފާނައިގެ މަސްވެރިކަން ކުރާ 2 ދޯންޏާއި ވެލި އުފުލަން ބޭނުންކުރާ ދޯންޏަކާއި އަދި އެރަށުގެ އައިސްޕްލާންޓުގައި ވެސް ރޯވެފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އެ އުޅނދުތަކާއި އައިސްޕްލާންޓް އެއްކޮށް އަނދާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.