އަޑިއަށްދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

ފަރަށް އަރައި އަޑިއަށްދިޔް "އުދަރެސް" ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ޕެލެޓެއް މަތީ އޮއްވާ ފެނިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ފަރަށް އަރައި އަޑިއަށްދިޔަ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔައީ ދިވެއްސެއްކަމަށާއި، އޭނާ ފެނުނީ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ މިއަދު ހެނދުނު 10:15 އެހާކަށްހާއިރު އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މިމީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި އުދަރެސް ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ދިޔައިރު އެ ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ފަތާފައި ލ. އޮޅުވެއްޔަށް އަރައި ދޯންޏެއްގައި ގޮސް އިތުރު 11 މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *