ރާއްޖޭގެ ސިއްހީ ދާއިރާއިން މިއަހަރު 1900 އެއްހާ ވަޒީފާ އިތުރުވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ހެލްތު ސެކްޓާއަށް މިދިޔަ އަހަރުވެސް 1،700 އެއްހާ ވަޒީފާ އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އަސާސީ ހިދުމަތްތަކާއި ލެބޯޓްރީ ފަދަ ހިދުމަތްތައް މިހާރުވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންގެންދާ ކަމަށްވެސް މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.