ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން އިހަވަންދޫގަ ޑީސަލް ވިއްކާ އަގު 3 ވަނަ ފަހަރަށް ބޮޑުކޮށްފި އެވެ.
އިހަވަންދޫ ގަ ހުންނަ އެފްއެސްއެމް ގެ ތެޔޮ ފިހާރައިން ޑިސަލް ލިޓަރެއް ވިއްކާ އަގު މިާރުވަނީ 30.27 ރުފިޔާ އަށް ބޮޑުކޮށްފައެވެ.
މީހާރު ބޮޑުކޮށްފައިވާ އަގަކީ މީގެކުރިން ތެޔޮ ވިއްކި އަގާ އަޅާ ބަލާއިރު ޑީސަލް ލިޓަރަކުން ވަނީ 2.48 ރުފިޔާ ބޮޑުކޮށްފައެވެ.
އިހަވަންދޫ އަކީ ގިނަ އަދަދަކަށް މަސްވެރި އުޅަނދު ހުންނަ ރަށަކަށްވާތީ އިހަވަންދޫގެ މަސްވެރިން މަސްވެރިންނަށް ދޭ ސަބްސިޓީ ރޭޓްގައި އެފްއެސްއެމް ގެ އިގހަވަންދޫ ތެޔޮ ޝެޑުން ތެޔޮ ހަމަޖައްސައިދިނުމަށް އެދެމުންނެވެ. ނަމަވެސް ސަބްސިޑީ ތެޔޮ ބޭނުންނަމަ އިހަވަންދޫ މަސްވެރިންނަށް އެންމެ ކައިރިން ސްބްސިޑީ ތެޔޮ ލިބެނީ ޅ. އަތޮޅު ފެލިވަރުންނެވެ.
މި ކަމާ ގުޅިގެން އިހަވަންދޫގެ ގިނަ މަސްވެރި އުޅަނދުތައް މަހައްނުފުރާ ކަމަށް އެރަށުން ވާހަކަދެއްކި އޮޑިވެރިއަކު މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.
އަދި އެމީހާ ބުނީ ސަބްސިޑީ ތެޔޮ ހޯދުމށް 4 ފީފާ ޑީސަލް ހުސްކުރަންޖެހޭއިރު އިހަވަންދޫގައިވެސް އެފްއެސްއެމްގެ ތޮޔޮ ހުރެމެ ސްބްސިޑީ ރޭޓްގައި މަސްވެރިންނަށް ތެޔޮ ދޫނުކުރަނީ މަސްވެރިކަމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.