މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާފައިވަނީ 170 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބު ތަކާއި ފެންނަ ނުފެންނަ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްސަ މެސެޖުގައި ވިދާޅުވީ ނިމިދިޔަ އިންތިހާބުތަކާއި ފެންނަ ނުފެންނަ ވޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާފައިވާ ކަމަށެވެ.
އަދި މި އިންތިހާބުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮސް ކަމަށާއި، އެގޮތުން މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ހުށަހަޅާފައިވަނީ ޖުމްލަ ޝަކުވާ ކަމަށްވެސް އެ ކޮމިޝަނުގެ ރައީސް ވަނީ ފަހަކުރައްވާފައެވެ.
މީގެ އިތުރުން އިންތިޚާބުގައި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް ކޮމިޝަނުގެ ރައީސް ޒާހިދު ވަނީ ވިދާޅުވެފައެވެ.