ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސައިލަން އިނގިރޭސިވިލާތުން ނިންމުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސައިލަން އިނގިރޭސިވިލާތުން ނިންމުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސައިލަން އިނގިރޭސި ވިލާތުގެ ސަރުކާރުން ނިންމުމާ ގުޅިގެން އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަން ހާމަކޮށް ފޮރިންގ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ވަނީ ފޯޅަވަހީގެ ކުރިމަގާއި އެތަން ހިންގުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް އޮތްކަން ރާއްޖެއިން ދެކޭ ކަމަށެވެ.

އަދި އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި މި ނިންމުމުގެ ސަބަބުން މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ފުރުސަތު ލިބިގެންދާކަން އުންމީދުކުރާ ކަމަށެވެ. މގެ އިތުރުން ދިވެހިރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ، އަދި ސަރަހައްދީ ހަމަޖެހުމަށް ބާރުއަޅުމާއެކު އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އިންސާފުވެރި އަދި ހަމަހަމަ ހައްލެއް ހޯދައިދިނުމަށް ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ރާއްޖެއިން ވަނީ އިނގިރޭސި ސަރުކާރަށް ގޮވާލާފަ އެވެ.

މޮރިޝަސްްއަށް ފޯޅަވަހި ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށް 2024 ވަނަ އަހަރު ރާއްޖެއިން އިނގިރޭސި ސަރުކާރަށް ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *