ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ސްޕްރީމް ކޯޓުން ކޮށްށްފައިވާ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެން އެ ދާއިރާގެ މަޖިލިސް ގޮނޑީގެ އިންތިހާބު އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައެވެ.

ވެރިކަންކުރާ ޕީއެންސީން ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން ޝައުގުވެރިވަކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ 1 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ އެ ދާއިރާގެ ގޮނޑިއަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓް ހޮވާނީ ޕްރައިމަރީއަކުން ކަމުގައިވެސް އެ ޕާޓީން ބުނެފައި ވެއެވެ.

އަދި މި ޕްރައިމަރީގައި ވޯޓް ލެވޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އެ ޕާޓީގެ މެންބަރަކަށް ވެފައިވާ ފަރާތްތަކުން ކަމަށާއި އެ ޕްރައިމަރީގައި ވޯޓްލެވޭ އެ ޕާޓީގެ މެންބަރުންގެ ދަފްތަރު މި މަހުގެ 20 ވަނަ ދުވަހު އެ ޕާޓީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

މީގެ އިތުރުން ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *