ދައުލަތުން ބަލަހައްޓަމަުންއަންނަ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ ސާވިސްސާވިސް މުޥައްޒަފުންނަށް ހާއްސާ ޗުއްޓީއެއް ދޭން ނިންމައިފި

ދައުލަތުން ބަލަހައްޓަމަުންއަންނަ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ ސާވިސްސާވިސް މުޥައްޒަފުންނަށް ހާއްސާ ޗުއްޓީއެއް ދޭން ނިންމައި ޤަވާއިދު އިޞްލާޙުކޮށްފި އެވެ.

ސިވިލް ސަރވިސް ޤަވާއިދަށް ގެނައި އިޞްލާޙުގައި ބުނެފައިވަނީ ފޮސްޓަރ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދަރިން ބެލުމަށް ދެވޭފަދަ ޗުއްޓީ ދެވޭނެ ކަމަށެވެ.

އެގޮތުން ބެލުން ހަވާލުވާ ކުއްޖާއަކީ އުމުރުން 6 މަސް ނުފުރޭނަމަ 6 މަސް ވަންދެން ޗުއްޓީ ދެވޭނެ ކަމަށާއި، ނުވަތަ ބެލުން ހަވާލުވާ ކުއްޖާ އަކީ އުމުރުން 6 މަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ 30 ދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށާއި އަދި ބެލުން ހަވާލުވާ ކުއްޖާ އަކީ އުމުރުން 6 މަސް ފުރިފައިވާ ކުއްޖެއް ނަމަވެސް 30 ދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށެވެ.

އަދި  މި އިން ކޮންމެ ޗުއްޓީއެވެސް ދޭންވާނީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *