ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓު އޮފީހުން ބުނީ، ކުރިއަށް އޮތް 3 ދުވަހުވެސް މެދުރާއްޖެތެރެ އާއި އުތުރަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި އެ ދުވަސްތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.