އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތްތައް ނިންމާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތްތައް ނިންމާލައިފި ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

މި ދިޔަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ރައއީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިންގާ އަޅުއްވައިދެއްވި މި އިމާރާތަކީ 2004 ވަނަ އަހަރު ކުއްލިއަތުލް ދިރާސަތުލް އިސްލާމިއްޔާ ވުޖޫދުވި ފަހުން، އެ ތަޢުލީމީ އިންސްޓިޓިއުޓްއަށް ނިސްބަތްކޮށް އިމާރާތްކުރާ ފުރަތަމަ އިމާރާތެވެ.

އެ ޔުނިވާސިޓީން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި 8 ބުރިއަށް އިމާރާތްކުރާ މި އިމާރާތުގެ ކޮންކުރީޓުގެ 96 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި މުޅި އިމާރާތުގެ 66 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ބީއެމްއެލް އިސްލާމިކް އިން ފައިސާ ހޯދައިގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *