ސަރުކާރަށްގެނައި ބަދަލުތަކަކީ "އޭ" ރިޕޯޓް ހޯދަން ބޭނުންވާތީ ގެނައި ބަދަލުތަކެއް: ފިޝަރީޒް މިނިސްޓަރ

ސަރުކާރަށްގެނައި ބަދަލުތަކަކީ "އޭ" ރިޕޯޓް ހޯދަން ބޭނުންވާތީ ގެނައި ބަދަލުތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ވޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ އިންތިހާބަށްފަހު ރައްޔިތުން ބޭނުންވާބަދަލުތައް ގެނައުމުގެ މަސައްކަތްތައް ރައީސް ޑރ މުއިއްޒު ވަނީ ފައްޓަވާފައި ކަމަށެވެ.

އަދި އެ ބަދަލުތަކަކީ ނިމިދިޔަ 2 އިންތިހާބުގައި އެ ޕާޓީއަށް ރައްޔިތުން "ބީ" ރިޕޯޓެއް ދީފައިވާތީ، "އޭ" ރިޕޯޓެއް ހޯދުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް އެޅުއްވި ފިޔަވަޅު ތަކެއް ކަމަށްވެސް މިނިސްޓަރ ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޑރ މުއިއްޒަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރައްވަން ބޭނުންފުޅުވާ ރައީސެއް ކަމަށާއި މިނިސްޓްރީ ތަކަށާއި މިނިސްޓަރުންގެ މަގާމު ތަކަށް ގެނައި ބަދަލުތަކަކީ އެކަން ހާމަވާ ކަމެއް ކަމަށެވެ.

ނަމަވެސް ކުރީގެ ސަރުކާރުގައި ބައެއް މިނިސްޓަރުން ވަތްގަނޑުތައް ހުސްކުރަމުންދިޔައިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އޭރުގެ ރައީސަށް އެ މިނިސްޓަރުންނަކީ ބަލަދު އަރާފައިވާ ބައެއްގެ ގޮތުގައި ފެނިގެންދިޔަ ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *