ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައިގެ ހުކުމްކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އަސްރަފީގެ، ގދ.ވާދޫ، މުޙައްމަދު ޝަރީފް (49އ) އަކީ ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރައްވާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެމައްސަލައިގެ ހުކުމްކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
އަދިބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 19 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މުޙައްމަދު ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.