ޓެކްސީ ލައިންގެ ވެބްސައިޓް މެދުވެރިކޮށް ޓެކްސީ ބުކްކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ޓެކްސީގެ ޚިދުމަތަށް އަގުނަގަން ފަށައި

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ޓެކްސީގެ ޚިދުމަތަށް އަގުނަގަންފަށައި އެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ޓެކްސީ ލައިންގެ ޙިދުމަތް ހޯދާ ފަރާތްތަކަށް ޓެކްސީ ހޯދަން ފަސޭހަވާނޭހެން ވެބްސައިޓެއް ތައާރަފްކޮށް ( https://mtl.mtcc.mv/ ) ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މީގެ އިތުރުން މާލެ ޓެކްސީ ލައިނުން ޓެކްސީގެ ޙިދުމަތް ފޯރުކޮށްދޭ އަގުތައްވެސް މިއަދު ވަނީ ތަޢާރަފްކޮށފައެވެ.

އެގޮތުން ޓެކްސީގެ ޙިދުމަތް ދިނުމަށް ކަނޑައަޅާފައިވާ އަގުތަކަކީ:

  1. މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު : 30 ރުފިޔާ
  2. ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް : 40 ރުފިޔާ
  3. މާލެ’އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ’އަށް : 70 ރުފިޔާ
  4. ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް : 80 ރުފިޔާ
  5. މާލެ’އިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެ’އަށް : 85 ރުފިޔާ
  6. ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް : 85 ރުފިޔާ
  7. މާލެ’އިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެ’އަށް : 100 ރުފިޔާ

މީގެ އިތުރުން މި ޙިދުމަތް ކަސްޓަމަރުންނަށް ފަސޭހައި ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އޮންލައިން އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *