ޕާޓީ ހަރުދަނާ ކުރުމަށް ރައީސް ޑރ މުއިއްޒު ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ޕީއެންސީގެ އެސްޖީގެ މަގާމުން މުއާޒު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ރައީސް ޑރ މުއިއްޒު ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ވެރިކަން ކުރާ ޕީއެންސީގެ އެސްޖީގެ މަގާމުން މުއާޒު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި

މުއާޒު ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަނަލް ފްރޮންޓް (ޕީއެންސީ) ގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، އެ ޕާޓީއަކީ ކާމިޔާބު ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުން މުއާޒް ބުނެފައިވަނީ އެޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު އެ މަގާމު އަދާކުރެއްވުމަކީވެސް މިވަގުތަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *