ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާ 160 ގޯތި ހަވާލުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުނއ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާ ގޯތި ހަވާލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 167 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުމަށްފަހު އަލުން ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 1250 އަކަފޫޓުގެ 669 ގޯއްޗާއި1 650 އަކަފޫޓުގެ 1234 ގޯއްޗާއި 2050 އަކަފޫޓުގެ 916 ގޯއްޗާއި 2450 އަކަފޫޓުގެ 473 ގޯއްޗާއި 2850 އަކަފޫޓުގެ 158 ގޯއްޗާއި 3250 އަކަފޫޓުގެ 49 ގޯއްޗާއި

3650 އަކަފޫޓުގެ 21 ގޯއްޗެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *