ނަލަހިޔާ ރެސިޑެންސް އެޕާޓްމަންޓުން 4 މިލިޔަން ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

ނަލަހިޔާ ރެސިޑެންސް އެޕާޓްމަންޓުން 4 މިލިޔަން ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގައި ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު، 47، ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެނާ ބަންދުގައި ބެހެއްޓުމަށް 5 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

 

މި މައްސަލާގައި މީގެ ކުރިން ވަނީ 4 މީހުން ހައްޔަރުކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ ޅ. ނައިފަރު، ކަސްތޫރިމާގޭ، މުޙައްމަދު ނޫރު އަޙްމަދު، 40، އާއި އައްޑޫ މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް، 40، އާއި ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް، 36، ގެ އިތުރުން މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް، 39، އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *