ވެރިކަންކުރާ ޕީއެންސީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަނުކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމަށް މޫސާ ފަތުހީ އައްޔަނުކޮށްފި އެވެ.

މި މަހު 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރުން ބޭނުންވި ވަރުގެ ނަތީޖާއެއް ލިބިފައިނުވާތީ ސަރުކާރަށާއި ޕާޓީގެ ހިންުމުގެ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ރައީސް ޑރ މުއިއްޒު ބޭނުންފުޅުވާ ބަދަލުތަކަށް ޖާގަ ދިނުމުގެ ގޮތުން އެ ޕާޓީގެ އެސްޖީގެ މަގާމުގައި ހުރި މުއާޒް ހަލީމް މިދިޔަ ހަފްތާގައި ވަނީ އިސްތިއުފާދެއްވާފައެވެ.

އެއަށްފަހު އެ ޕާޓީގެ އެސްޖީގެ މަގާމަށް މިހާރު އައްޔަނުކޮސްފައިވަނީ ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުގައި އުވާލި ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މޫސާ ފަތުހީ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *