ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ހާމަކޮށްދިނީ ގާނޫނުއަސާސީއަށް އިސްލާހް ގެންނަން ރައްޔިތުން ބޭނުން ނުވާކަން: ރައީސް

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ހާމަކޮށްދިނީ ގާނޫނުއަސާސީއަށް އިސްލާހް ގެންނަން ރައްޔިތުން ބޭނުން ނުވާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިއަކު ކުރި ހިޔާލު ހޯދުމުގެ ވޯޓާގުޅޭ ސްވާލެއްގެ ޖަވާބުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ ވޯޓުން ރައްޔިތުން ސާބިތުކޮށްދިނީ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުން ބޭނުން ނުވާކަން ކަން ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ އެ ނިންމުމާއެއްގޮތަށް ކުރިއަށް އޮތްތަނުގައި އިތުރު އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނޭ، ނުވަތަ އެހާބޮޑަށް ފޭވަރ ކުރާ ކަމެއް ނޫންކަން. އެހެންވީމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ނުވިސްނަން ދެނެއް." ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެ މަނިކުފާނު ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ މުހިންމު ކަންކަން ކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށާއި، އަދި އެކަންކަންވެސް ކުރައްވާނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *