މާލޭގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ކުރިއަށް އޮތް 2 ދުވަހު ބަންދުވާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މިއަދުންފެށިގެން އަންނަ ބުދަ ދުވަހުގެ ނިއަލަލަށް، މާލޭގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ބަންދުވާނެ ކަމަށެވެ.
އަދި އެ ސެންޓަރު 2 ދުވަހުގެ މުއްތަތަށް ބަންދުކުރީ މަރާތުގެ މަސައްކަތެއް ކުރަން ކަމަށާއި އެ ސެންޓަރުން ދެމުންއައި ޙިދުމަތް އެ މުއްދަދުގައި އައިޖީއެމްއެޗް ގެ އޯޕީޑީ އިން ފޯރުކޮސްދެމުންދާނެ ކަމަށްވެސް އައިޖީއެމްއެޗްގެ އިއުލާނުގައި ބުނެފައި ބވެއެވެ.
މީގެ އިތުރުން އެ ސެންޓަރުން ދެމުންއައި ވެކްސިން ޖެހުމުގެ ހިދުމަތް އެ މުއްދަތުގެ ތެރޭގައި ދަމަނަވެށިން ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.