ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށީގެންވާތީ މާލެ އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މިރޭ 23:45 އިން ފަތިހު 4:45 އަށެވެ. މޫސުމާބަހޭ ޤައުމީ އިދާރާއިން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވާކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް އެއިދާއިން ބުނެއެވެ. ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިނހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް އެއިދާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *