ރައްޔިތުންގެ 241 ކޮމެޓީއާއި މާލިއްޔަތު ކޮމެޓީ މެނަބަރުންގެ ލިސްޓުން މަޖިލީހުގެ ނައިބްރައީސްކަން ކުރައްވާ ނާޒިމް ވަކިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު 2 ކޮމެޓީގެ މެންބަރުންގެ ލިސްޓުން މަޖިލީހުގެ ނައިބް ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ގެ ނަން އުނިކޮށްފައިވާތީ ބެލެވެނީ އޭނާ އެ 2 ކޮމެޓީގެ މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީގެ މެންބަރެއްގޮތުހައި މަލީހުގައި އިންނަވާ ދިއްގައުދާއިރާގެ މެނަބަރު ނާޒިމް އަކީ އެ މަޖިލީހުގެ އެންމެ ބާރުގަދަ 2 ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރެކެވެ.
ނަމަވެސް މަލީހުގެ ކޮމެޓީތައް ތަމްސީލުކުރާ ގޮތް ފެންނަ އެ މަލީހުގެ ވެބަސައިޓްގައި މެނަބަރު ނާޒިމް މިހާރު ހިމަނާފައި ވަނީ އެ 2 ކޮމެޓީގެ ކުރީގެ މެންބަރުންގެ ގޮތުގައެވެ.
މި ބަދަލު މަލީހުން ރަސްމީކޮށް އާންމު ކޮށްފައި ނުވިނަމަވެސް ވެބަސައިޓުން އެގޮތަށް ބަދަލުގެނެސްފައިވަނީ، ޕީއެންސީ އިން އެ ގޮތަށް އެދިމުން ކަމަށް ބެލެވެ އެވެ.