ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދިޔަ ޕޯސްޓް ބިލްޑިންގުން ދެމުންދިޔަ ޚިދުމަތްތައް މ. އައިރިސް ބިލްޑިންގްގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރ ގާއިމުކުރެވިފައިވަނީ މ. އައިރިސް، އޯކިޑްމަގު، ގްރައުންޑް ފްލޮރގައެވެ. މި ތަން ހުންނާނީ ޖަސްޓިސް ބިލްޑިންގ ސީދާ ކުރިމައްޗަށް ވާގޮތަށެވެ.
މިވަތުގެ މިތަނުން ޚިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މިއޮފީހުން ޕޯސްޓް ކުރުމުގެ ޚިދުމަތާއި ޕާރުސަލް ދޫކުރުމާއި ޕޯސްޓުން ދޭ އެހެނިހެން ޚިދުމަތްތައްވެސް ލިބެން ހުންނާނެ ކަމަށް ޕޯސްޓް އޮފީހުން ބުންޏެވެ.
މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީސް ކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ބަދަލަކީ ޕޯސްޓްގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކާށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.
ލޮކޭޝަން: