ބެންކް އޮފް މޯލްޑިވްސް
ބެންކް އޮފް މޯލްޑިވްސް

ޑޮލަރުން މުސާރަލިބޭ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބީއެމްއެލް އިން ލޯނު ސްކީމެއް ތަޢާރަފްކޮށްފި

ޑޮލަރުން މުސާރަލިބޭ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބީއެމްއެލް އިން ލޯނު ސްކީމެއް ތަޢާރަފްކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ޓޫރިޒަމް ދާއިރާގެ މުވައްޒަަފުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ މުވައްޒަފުންނަށް ހޯމް ފައިނޭންސިން ފެސިލިޓީއެެއް އެ ބޭންކުން މިހާރު ތަޢާރަފް ކޮށްފައިވާ ކަމަށެވެ.

އެކަން ހާމަކޮށް އެ ބޭންކުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރިސޯޓް ތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ޑޮލަރުން މުސާރަލިބޭ ފަރާތްތަކަށް އެ ބޭންކުން މިހާރު ތަޢާރަފްކޮށްފައިވާ ލޯނު ސްކީމުގެ ދަށުން އަހަރަކު 7.5 ޕަސެންޓްގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ލޯނު ލިބޭނެ ކަމަށެވެ.

އަދި މި ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި މަސައްކަތްކުރާ ފަރާތަކަށްވެސް ރާއްޖޭގެ ކޮންމެ ރަށަކުން ބޯހިޔާވަހިކަމެއް ހޯދުމަށް ލޯނު ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސް ތަކާއި، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށް މިހާރު ވަނީ އެ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *