އެލްޖީއޭ ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އައްޔަނުކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފި އެވެ.

އެލްޖީއޭގެ ރައީސްގެ މަގާމަށް މޫސާ ޒަމީރު އައްޔަނު ކޮށްފައި މިވަނީ މި ސަރުކާރުން އުފެއްދި ލޯކަލް ގަވަރުމަންޓް މިނިސްޓްރީ އުވާލައި އެ މިނިސްވޓަރީން ކުރަމުންއައި ބައެއް މަސައްކަތްތައް އެލްޖީއޭގެ ދަށަށް ބަދަލު ކޮށްފައިވާތީ އެވެ.

އެލްޖީއޭ އަކީ ބޯޑެއްގެ މައްޗަށް އެކުލެވިގެންވާ އޮތޯރިޓީ އެކެވެ. އެ ބޯޑުގައި ތިއްބަވަނީ ރައީސް އައްޔަން ކުރައްވާ ކެބިނެޓް މިނިސްޓަރަކާ ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން ބޭފުޅަކާއި ޖަމިއްޔާތައް ތަމްސީލް ކުރައްވާ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާކާރެޢގެ އިތުރުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *