ކަރަންސީޓސްވެޕްގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު އިންޑިއާއަށް އަނބުރާ ދައްކައި ހަލާސްކޮށްފި އެވެ.
2024 ވަނަ އަހަރު ރައީސް ޑރ މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކަރަންސީ ސްވެޕްގެ ގޮތުގައި ނެގި 400 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާއިރު މި ދިޔަ މަހު ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ 500 މިލިއަމް ޑޮލަރުގެ ސުކޫކު ވެސް އަނބުރާ ދައްކާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ދޫކުރި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިބުނެފައި ވަނީ 2024 ވަނަ އަހަރު އިންޑިއާގެ އާރއެންބީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން ދައްކާފައިވާ ކަމަށެވެ.