ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރަކު ޑެންގޫ ޖެހިގެން ނިޔާވެއްޖެ އެވެ.
އުމުރުން 17 އަހަރުގެ އަންހެން ދަރިވަރު ޑެންގޫ ޖެހިގެން މުލީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އަސީޔޫގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ށ. މިލަންދޫ އިންވެސް ޑެންގޫގައި 22 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.