ކުޑައީދުގެ މުނާސަވަތުގައި ކޮޅުމަޑުލު ވަންދޫގައި ކުރިއަށްގެންދިޔަ "ވަން ހޭންޑް ބައިބަލާ ޗެލެންޖް"ގެ ޓެމްޕިއަންކަން "ޓީމް ވަސްމީރު" ހޯދައިފިއެވެ،
މި މުބާރާތަކީ ވަންދޫގެ ޒުވާނެއްކަމަށްވާ އަލީ ޒައިންގެ އިސްނެގުމުގެ މަތިން ރަށު ކައުންސިލާއި، ރަށުގެ މުވައްސަސާތަކާ ގުޅިގެން މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފޯރިގަދަ މުބާރާތެކެވެ. ފައިނަލްމެޗްގައި ވާދަކުރީ ވަސްވީރާއި ޓީމް ކަރަން އަރުޖުންއެވެ. ފޯރިގަދަ ކުޅުމަކަށްފަހު މެޗް ކާމިޔާބުކުރީ ވަސްމީރެވެ. ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ކަރަން އަރުޖުންގެ ސިރުހާން އަހުމަދެވެ،

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް "މިސްޓަރ ބައިބަލާ' އަކަށް ހޮވުނީ ސަންޑާންސްގެ ޝައިހާން އަލީއެވެ.

މުބާރާތުގެ އެންމެ ތަފާތު ކެރެކްޓަރއަކަށް ހޮވުނީ އިބްރާހިމް ރިޝާމް (ގޮއްބެ)އެވެ.

މި މުބާރާތް ކުރިއަށްދިޔަ ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކުގައެވެ، މުބާރާތުގެ ޝަރަފްވެރިމެހާނުންގެ ގޮތުގައި ހަރަކާތްތެރިވީ، މުވައްސަތާތަކުގެ ވެރިންނާއި، ރަށުގެ ދުވަސްވީ މީހުންނާއި، މަސްވެރިންނާއި އަދި ރަށުގެ ކަމުވޮށިގެންވާ މީހުންނެވެ.
" މި މުބާރާތަކީ 1446 ވަނަ އަހަރުގެ ފިތުރުއީދު ދުވަހު ރަށުގެ ތުނޑިއަށް އީދު ކުޅިވަރު ކުޅެން ގޮސް އުޅުމުގެތެރޭގައި އުފަންވި ހިޔާލެއް. އެދުވަހު ކުޅެވުނު މަޖާ ކުޅިވަރުތަކުގެ ތެރެއިން ބައިބަލާގެ ފޯރި އާލާކުރުމަށްޓަކައި އެއްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ބައިބަލާ މުބާރާތް ވެގެންދިޔައީ ބައިބަލާގެ ފުރަތަމަ ވަން ހޭންޑް މުބާރާތައް. މި މުބާރާތް ވެގެންދިޔައީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ މުބާރާތަކަށް." މުބާރާތާބެހޭ ގޮތުން މުބާރާތް ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ޒައިން ބުންޏެވެ،

އަންނަ އަހަރު ބާއްވާ މުބާެރާތް މިއަށްވުރެ ފުރިހަމަވާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.




