މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެ ބޭންކުން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރަށް ފޮނުވާފައިވާ ޑޮލަރުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ޓީޓީއަށް ދޫކޮށްފައިވާ ޑޮލަރުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރުން 1.27 ބިލިއަން ރުފިޔާ އެތެރެވެފައިވާއިރު އެޓދަދަކީ ރާއްޖެއިން ބޭރުވި އަދަދަށްވުރެ މަދު އަދަދެއް ކަންވެސް ފާހަގަކުރެވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު މީގެ ކުރީ އަހަރު އެވްރެޖްކޮށް މަހަކަށް އެ ބޭންކުން ވިއްކާފައިވަނީ، 14.6 މިލިޔަން ޑޮލަރެވެ.
ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަގައި މަހެއްގެ މައްޗަށް އެ ބޭންކުން އެވްރެޖްކޮށް 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާ ކަމަށްވެސް އެބޭންކުގެ ހިސާބުތަކުން ދައްކައެވެ.
އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކާޑުތަކަށް މަހަކަށް 40 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.