ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓާ ގުޅޭ މައްސަލަ ހައިކޯޓުން ބަލައިގެންފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން ޕީއެންސީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުސަހަޅާފައިވަނީ މިވަނީ އއެމްޑީއޭގެ ކެނޑިޑޭޓްގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާ އަކާ ގުޅިގެން ވޯޓް އަލުން ގުނުމުން ނަތީޖާއަށް ބަދަލު އައިސްފައި ވާމައްސަލައެއްގައެވެ.

އެގޮތުން ވޯޓު ފުރަތަމަ ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އަށާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުއަށް 392 ވޮޓް ލިބިގެން ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން އެމްޑީއޭގެ ކެނޑިޑޭޓްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާގުޅިގެން ވޯޓު ގުނުމަށްޓަކައި ސެކިއުރިޓީ އުރަ ކަނޑާ، ވޯޓު އަލުން ގުނުމުން އެމްޑީއޭގެ ފަރާތުން ވާދަކުރި ކެނޑިޑޭޓަށް 392 އަދި ޕީއެންސީގެ ކެނޑިޑޭޓަށް 391 ވޮޓު ލިބިފައިވާކަމަށް ކަނޑައަޅާފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *