ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ކުރިއަށްގެންދާ ސާވޭގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ކުރިއަށްގެންދާ ސާވޭގެ މަސައްކަތްތައް ފަށައިފި އެވެ.

އެ ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮސްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އާރްޑީސީއާ) އާއި އެވެ. އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 31 ޖުލައި 2025 ގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީއަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ދަތުރުފުޅުގައި މި މަޝްރޫޢު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

އެސިޓީގެ 3.4 ކިލޯމީޓަރު މަގުގައި ތާރުއެޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ފެށުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކލަތްތައް މިހާރު ކުރިއަށްދާކަމަށް އާރުޑީސީން ބުނެފައިވާއިރު މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *