ސްޕްރީމް ކޯޓުގެ ހުކުމާގުޅިގެން ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާނުގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބު، ގޮނޑި ގެއްލުނު ކުރީގެ މެންބަރު މުހައްމަދު ސިނާނަށް ލިބިއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީން އެ ދާއިރާއަށް ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގއި ވާދަކޮށްފައިވަނީ އެދާއިރާގެ ގޮނޑި ގެއްލުނު ސިނާން އާއި އެދާއިރާގެ ސިޓީ ކައުންލް މިހާރު ތަމްސީލް ކުރާ މެންބަރު ސައީދު އެވެ.
ޕީއެންސީން މިއަދު ބޭއްވި ޕްރައިމަރީގައި ސިނާނަށް ވަނީ 226 ވޯޓު ލިބިވަޑައިގެންފައެވެ. ސައީދަށް ލިބުނީ 199 ވޯޓެވެ.
އެދާއިރާގެ މަލިސް މެނަބަރު ހޮވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން 6 ގައި އިންތިހާބާއްވާނެ ކަން އިއުލާނުކޮށް މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައެވެ.
އެމްޑީޕީގެ ފަރާތުން އޭނައާ ވާދަކުރައްވާނީ އަައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.